މި އެޕްލިކޭޝަނާ ބެހޭ
މި އެޕްލިކޭޝަނަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ހޯދުމަށް ބޭނުންވާ ތިއަރީ އިމްތިހާނުން ފާސްވުމަށް އެހީތެރިވެދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ވެބް އެޕްލިކޭޝަނެކެވެ.
އަދި މިއީ ކުރިން އަޅުނގަޑު ތައްޔާރުކޮށްފައިވާ "އެއްގަމު އުޅަނދުގެ ތިއަރީ އިމްތިޙާނު" ގޫގުލް ފޯރމްގެ ވެބް ވާރސަން އެކެވެ. މި އެޕްލިކޭޝަން ޚާއްޞަކޮށްލަން ބޭނުންވަނީ ހުޅުދުއްފާރު ރައްޔިތުންނަށާއި އެއްގަމު އުޅަނދުގެ ތިއަރީ ހަދަން ބޭނުންވާ ފަރާތްތަކަށެވެ.
ދުޢާއަކީ މި މަސައްކަތުގައި މާތް ﷲ ބަރަކާތްލައްވައި، މި އެޕްލިކޭޝަންގެ ސަބަބުން ބަޔަކަށް ފައިދާތަކެއް ވެގެން ދިއުމެވެ.
މި އެޕްލިކޭޝަންގެ އެންޑްރޮއިޑް ވާޝަން ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
އެޕްލިކޭޝަން ފަރުމާކުރީ
ޙުސައިން ސަމާޙް
